ލާމު އަތޮޅު ގަމުގައި މާރާމާރީއެއް ހިންގައި 4 މީހަކަށް އަނިޔާވެގެން ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.
މިރޭގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވާއިރު، މާރާމާރީ ހިންގީ ގަމު ތުނޑީ އަވަށުގެ މަގުކޮޅުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި އަންހެނަކާއި ފިރިހެނެގެ އިތުރުން، ދެ ކުޑަކުދިންވެސް ހިމެނެއެވެ.
މި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، މި މީހުންނަށް ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލް އިން ފަރުވާ ދެމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.