ޤަޠަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް“ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް ޙުސައިން މުޙައްމަދު ލަޠީފު، މިރޭ ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
މި ބައިނަލްއަޤްވާމީ ސަމިޓުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޢިއްޒަތްތެރި އިސްވެރިން ބައިވެރިވެވަޑައިގެން، އިޖްތިމާޢީ ތަރައްަރައްޤީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާއި، އަދި ޝާމިލް މުޖުތަމަޢެއް ބިނާކުރުމާ ބެހޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މި މުހިންމު މަޝްވަރާތައް ކުރިއަށްދާނީ 2030 ވަނަ އަހަރާ ހަމައަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ (SDGs) ގުޅުވައިގެންކަން ފާހަގަކޮށްލެވެއެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އ.ދ.)ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން، މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 އިން 6 އަށް ޤަޠަރުގެ ވެރިރަށް ދޯހާގައެވެ. އެންމެ ފަހުން ބޭއްވުނު ”ވވާރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް“ ބޭއްވިފައިވަނީ 1995 ވަނަ އަހަރު ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައެވެ.
މި މުހިންމު ސަމިޓުގެ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ޚާއްޞަ ބަޔާނެއް އިއްވަވާނެކަން ވަނީ ކަށަވަރުކުރެވިފައެވެ.