އައްޑޫ ސިޓީ މަރަދޫގައި އިމާރާތްކުރުމަށް ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޤާނޫނީގޮތުން ރަޖިސްޓްރީވެފައިނުވާ ކުންފުންޏަކަށްކަން ކަށަވަރުވެފައިވެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވުނު ޖަލްސާގެ ތެރެއިންނެވެ.
މަރަދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢު ހަވާލުކުރެވިފައިވަނީ ”އެމްލޮގް ޕްރައިވެޓް ލިމިޓެޑް“ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީނެވެ. އަދި އެމްލޮގްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރކަމަށް ބުނެވޭ ޙައިޝަމް ޢަލީއެވެ.
https://x.com/RaajjeLeaks/status/1986347699000778839
ތަޙްޤީޤަށް ހާމަވެފައިވާ ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވާ އަގު އަދިވެސް ޢާންމުކޮށްފައިނުވާއިރު، ”އެމްލޮގް ޕްރައިވެޓް ލިމިޓެޑް“ އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނޫންކަން ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވެފައިވެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަސް ޕޯޓަލްގައިވާ މަޢުލޫމާތުން ދައްކާގޮތުގައި ”އެމްލޮގް“ ގެ ނަމުގައި އެއްވެސް ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވެއެވެ. މިކަމުން ސުވާލު އުފެދެނީ، ޤާނޫނީ ހައިސިއްޔަތެއް ނެތް ކުންފުންޏަކާ ދައުލަތުގެ މުހިންމު މަޝްރޫޢެއް ހަވާލުކުރެވިފައިވަނީ ކިހިނެއް ހެއްޔެވެ؟
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން މީގެ ކުރިންވެސް މިފަދަ ޤާނޫނާ ޚިލާފު މުޢާމަލާތްތައް ހިންގާފައިވެއެވެ. މިސާލަކަށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ގޭސް ކުންފުނިން ގޭސް ގަތުމުގެ ނަމުގައި ބޮޑު އަދަދެއްގެ ފައިސާ ޤާނޫނީ ހައިސިއްޔަތެއް ނެތް ކުންފުންޏަކާ ހަވާލުކޮށްފައިވީނަމަވެސް، މިއަދާ ހަމައަށްވެސް އެ ގޭސް ދިވެހިރާއްޖެއަށް ލިބިފައެއް