ރ. ވާދޫގެ ފުޓްސަލް ޗެމްޕިއަން ”ފްލައިން ޑަޗްމެން“އިން ރ. ވާދޫ ފުޓްސަލް ކަޕް 2025ގައި ވާދަކުރުމަށް ހުށަހަޅައިފިއެވެ.
ރ. ވާދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެ ޓީމުގެ ހުށަހެޅުން ބަލައިގެންފައިވަނީ އެ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އަރުޝަދެވެ.
ވާދޫގެ ފުޓްސަލް ރަސްކަން ފްލައިން ޑަޗްމަން ހޯދީ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ ފައިނަލް މެޗްގައި ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.
މިމުބާރާތުގެ ފައިނަލަށް ފްލައިން ޑަޗްމެން ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ ޝަރަފުވެރިކަމާއެކުއެވެ.
ވާދަވެރި ކުޅުމަކަށް ފަހު ފައިނަލް މެޗްގައި ފްލައިން ޑަޗްމެން، ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދީ، 3-4 ގެ ނަތީޖާއަކުންނެވެ.