ރ. ވާދޫ ފުޓްސަލް ކަޕް 2025ގައި ވާދަކުރުމަށް ”ނެއިބަރސް އެފްސީ“ގެ ނަމުގައި އައު ޓީމަކުން ހުށަހަޅައިފިއެވެ.

ރ. ވާދޫ ކައުންސިލްގެ އިދާރާގެ ފަރާތުން އެ ޓީމުގެ ހުށަހެޅުން ބަލައިގެންފައިވަނީ އެ ކައުންސިލްގެ މެމްބަރ އައިޝަތު ނުހާއެވެ.

އައު ޓީމެއް ނަމަވެސް ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގައި ކުޅުނު ފާހަގަކޮށްލެވޭ ކުޅުންތެރިން މި ޓީމުގައި ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. ވާދޫގެ އެއް ނަމްބަރު ގޯލް ކީޕަރ ތަސްނީމް ސައީދުވެސް މި ފަހަރު ކުޅޭނީ މިޓީމަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންގެ ގޯލް ބަލަހައްޓާފައެވެ.

މިދިޔަ އަހަރު ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.