ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ފައްޔާޒް އިސްމާޢީލް އިސްތިއުފާދެއްވައިފިއެވެ.
2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފައްޔާޒު އެމްޑީޕީގެ ހިންގުމާއި ދުރަށް ވަޑައިގަތްކަން އިޢުލާންކުރެއްވީ އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގައެވެ.
ފައްޔާޒް އިސްތިއުފާ ދެއްވުމުގެ މައިގަނޑު ސަބަބަކީ ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންގެ އެއްބާރުލުން ޕާޓީ ހިންގެވުމުގައި ނުލިބުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަންވެސް ފައްޔާޒް ވަނީ އިޢުލާންކުރައްވާފައެވެ.