އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލަތްކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ރ. ވާދޫން ވޯޓްލުމުގެ ހައްޤު ލިބިފައި ވަނީ 421 މީހަކަށްކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނެރެފައިވާ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުން ހާމަވެއްޖެއެވެ.
ވާދޫން ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ވަނަވަރު އީސީން ވަނީ މިހާރު އާންމުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2021ގެ ރަށު ފޯކަލް ޕޮއިންޓުން ކުރަންޖެހޭ މަސައްކަތްތައް 2021 ފެބުރުވަރީ 01ގައި ވަނީ ފަށާފައެވެ.
އިންތިޚާބާ ގުޅިގެން ރަށްރަށުގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އެރަށަކަށް އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިޓުންނެވެ.
މިގޮތުން އެ ރަށެއްގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ފޮނުވުމުން އަދި އެ ލިސްޓު ރަށުގައި އާންމުކޮށް ފެންނާނޭ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމާއި އިލެކްޝަންސް ކޮމިޝަނުން ފާސް ދޫކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފާސް ޙަވާލުކުރުން އަދި ވޯޓުނަގާ ދުވަހު އިންތިޚާބުގެ މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުްނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ފޯކަލް ޕޮއިންޓުގެ ޒިންމާއެވެ.
[pdf id=2370]
ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އީސީން ތައްޔާރުވަމުން ދާއިރު، އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމީޝަނުން ކަނޑައެޅީ، ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ.
