ހަފުތާއަކަށް ފުރަބަންދުގައި އޮތް ރ. ދުވާފަރުގެ ކޮންމެ ގޭބިސިއަކަށް އެ ރަށު ކައުންސިލްގެ ފަރާތުން ދެ ކަނޑުމަސް ހަދިޔާކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ގޭގެއަށް ކަނޑުމަސް ހަދިޔާކުރީ، ރ. ދުވާފަރު ކައުންސިލްގެ ބައްދަލުވުމުގައި އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 7 މެންބަރުންގެ އިއްތިފާގުން އެ ގޮތަށް ނިންމާފައި ވާތީއެވެ.

ހަދިޔާކޮށްފައި ވަނީ.  ކައުންސިލްގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް ދުވާފަރު ރައްޔިތުންގެ މަސް ދޯނި މެދުވެރި ކޮށް މިއަދު ބޭނި ތާޒާ ކަނޑު މަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

ރ. ދުވާފަރުގައި ކޯވިޑް-19 ކޮންޓްރޯޅް ކުރުމަށް  27 ޖޫން 2021 ފެށިގެން 7 ދުވަހުގެ މުއްދަތަށް 24 ގަޑިއިރުގެ ކާފިއު އިޢުލާން ކޮށް ރަށް ވަނީ ފުރަބަންދުކޮށްފައެވެ.