ކޯވިޑް-19 ފެތުރޭތީ ރ. މީދޫގައި އިއުލާންކުރި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެސް، އެ ރަަށަށްއަރައިފޭބުމުގެ ހުއްދަ ދީފިއެވެ.
މުޖުމަތަމައުގެ ތެރެއިން 2 މީހަކު ކޯވިޑް-19ށް ފައްސިވުމާއި ގުޅިގެން ޖޫން މަހުގެ 2 ވަނަ ދުވަހު މީދޫން އަރައިނުފޭބޭ ގޮތް ވަނީ ހަދާފައެވެ. އެ ދެ މީހުންނަކީ އެކަހެރިކުރެވިފައި ހުއްޓާ ފައްސިވި ފަރާތަކާއި ގާތުން އެއްތާވި ދެ މީހުންނެވެ.
އެ ފަހުން، ތަރުތީބެއް ނެތި ނެގި 59 ސުންކުގެ 1 ސުންކު ވަނީ ކޯވިޑް-19ށް ފައްސިވެފައެވެ. އަދި އެ މީހާއާ ގާތުން އެއްތާވި މީހެއްގެ ކިބައިން ކޯވިޑް-19ގެ އަލާމާތްތައް ފެންނާތީ ނެގި ސުންކެއް ވެސް ވަނީ ރޯގާއަށް ފައްސިވެފައެވެ. މީގެ އިތުރުން، އެގޭގައި ދިރިއުޅޭ އިތުރު 2 މީހަކު ވެސް ކޯވިޑް-19ށް ފައްސިވެފައިވެއެވެ.
ރ. މީދޫން މޮނިޓަރިންގެ ހާލަތު ނިމުމަމަކަށް ގެނެސްފައި ވަނީ 104 ސުންކެއް ނަގައި، އެ ހުރިހާ ސުންކެއްގެ ނަތީޖާ ވެސް ނައްސިވުމުންނެވެ.
