2020/2021 ވަނަ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ނިންމާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރިޕޯޓު ފޮތް ދޭނީ އޮންލައިންކޮށް ކަމަށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ދަރިވަރުންނަށް ފީޑްބެކް ދިނުމަށް ސްކޫލަށް ހާޒިރުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ގޮތުން އިއްޔެ ރ. ވާދޫ ސްކޫލުން ވެސް ވަނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ފީޑްބެކް ދީފައެވެ. އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ޕޯޓްފޯލިއޯ ވެސް ވަނީ ހަވާލުކޮށްފައެވެ.

ކޯވިޑް-19 ރޯގާ ފެތުރެމުން ދާތީ، ނިމުނު ދިރާސީ އަހަރުގައި ގިނައިން ކިޔަވައިދީފައި ވަނީ ދަރިވަރުން ސްކޫލަށް ހާޒިރުކުރުމެއް ނެތި އޮންލައިންކޮށެވެ. ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ތިން މަސް ދުވަހު އެއްގޮތަަކަށް ވެސް ސްކޫލްތަކުގައި ކިޔަވައި ދީފައެއް ނުވެ އެވެ.

އެހެންވެ ދިރާސީ އަހަރު ވަނީ މިއަހަރުގެ ޖޫންގެ ނިޔަލަށް ދަންމާލާފައި އެވެ.

މިބަދަލާއި އެކު މިއަހަރުން ފެށިގެން ދިރާސީ އަހަރު ފަށާ މަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓު މަހުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އަދި އޯލެވެލް އިމްތިހާނު އޮކްޓޯބަރު/ ނޮވެްބަރު މަހު ބޭއްވުމުގެ ބަދަލުގައި ދެން ބާއްވާނީ ކޮންމެ އަހަރެއްގެ މެއި/ ޖޫން ގައި އެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ. އެއީ އާ ދިރާސީ އަހަރު (2021/2022)ގެ ކިޔެވުމެވެ.