ރ. އުނގޫފާރުން މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ރަށުން ނެގި ހުރިހާ ސުންކެއް ނައްސިވުމުން އެ ރަށް އާންމު ހާލަތަށް ގެނެސްފިއެވެ

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް، އިއްޔެއާ ހަމަައަށް ރ. އުނގޫފާރު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނަގާފައި ވަނީ ބަލި ފެތުރިފައިވޭތޯ ޔަގީން ކުރުމަށް ވަކި ތަރުތީބެއް ނެތި ނެގި ހުރިހާ ސުންކެއްގެ ނަތީޖާ ކޯވިޑް-19 އަށް ނައްސިވުމުންނެވެ.

އުނގޫފާރު މޮނީޓަރިންގް އަށް ލާފައި ވަނީ މެއި 30 ވަނަ ދުވަހު އުނގޫފާރުން ކޯވިޑް-19ގެ ވޭދަނައެއް ފެނުމުންނެވެ.

އުނގޫފާރު މޮނީޓަރިންގެ ހާލަތުން ނެގުމަށް ޖޫން 15 ވަނަ ދުވަހު ވެސް ތަރުތީބެއް ނެތި ސުންކު ނެގިއެވެ. އެކަމަކު ޖޫން 15ގައި ނެގި ސުންކުތަކުގެ ތެރެއިން 1 ސުންކު ބައްޔަށް ފައްސިވުމުން އޭރު، އުނގޫފާރުގެ މޮނީޓަރިންގެ ހާލަތު ދެމެހެއްޓީއެވެ.

އުނގޫފާރުގެ ކޯވިޑް-19 ހާލަތައް ބަލާއިރު މިވަގުތު އެކްޓިވް އޮތީ އެއްމެ ވޭދަނައެކެވެ. ދެން ފައްސިވި އެންމެން ވެސް މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ.