ކޯވިޑް-19 އަށް ރ. ީދޫން ބަޔަކު ފައްސިވުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. މިއާއެކު އެ ރަށަށް އަރައިފޭބުން މަނާވާނެއެވެ.

މީދޫ ހެލްތު ސެންޓަރުން ބުނީ ކޯވިޑް-19ގެ ޢަލާމާތްތައް ފެނިގެން ނެގި އެރަށުން ނެގި 4 ސުންކެއް ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެޗްޕީއޭ އިން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޯވިޑް-19ށް ފައްސިވީ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ 4 ފަޅުވެރިއެކެވެ.

މީގެ ކުރިން، ވެސް މީދޫގައި ކޯވިޑް-19 ފެތުރޭތީ ޖޫން 2ށް ޖޫން 24އާ ހަމައަށް އޮތީ މޮނިޓަރިންގައެވެ.

އެ ފަހަރު މޮނިޓަރިންގެ ހާލަތައައް ގެނައީ، ކަރަންޓީނުގައި ނެތް 2 މީހަކު ކޯވިޑް-19ށް ފައްސިވުމާއި ގުޅިގެންނެވެ. އޭރު ފައްސިވި ދެ މީހުންނަކީ އެކަހެރިވެފައި ހުއްޓާ ފައްސިވި ފަރާތަކާއި ގާތުން ބައްދަލުވި ދެ މީހުންނެވެ.

އޭގެ ފަހުން ރ. މީދޫއިން ނެގި 59 ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ 1 ސާމްޕަލް ވަނީ ކޯވިޑް-19ށް ފައްސިވިއެވެ. ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ފައްސިވި ފަރާތާއި ގާތުން ބައްދަލުވި މީހެއްގެ ކިބައިން ކޯވިޑް-19ގެ އަލާމާތްތައް ފެންނާތީ ނެގި ސުންކެއް ވެސް ވަނީ ފައްސިވެފައެވެ. އަދި އޭގެ ފަހުން އެގޭގައި ދިރިއުޅޭ އިތުރު 2 މީހަކު ފައްސިވެފައިވެއެވެ.

އެ ފަހަރު، ރ. މީދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި މވަނީ 104 ސުންކެއް ނަގައި ހުރިހާ ސުންކެއްގެ ނަތީޖާ ނައްސިވުމުންނެވެ.