ކޯވިޑް-19ގައި ރ. ދުވާފަރުން އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މި ބަލީގައި އެ ރަށުން ނިޔާވި 4 ވަނަ މީހާއެވެ.

އޭނާ ނިޔާވިކަން ދުވާފަރު ކައުންސިލްގެ ރައީސް ވަނީ ކަށަވަރުކޮށްދީފައެވެ.

ދުވާފަރުން ކޯވިޑް-19 ރޯގާ ޖެހި މިއަދު މީހަކު ނިޔާވެފައިވާއިރު އެ ެރަށު ރައްޔިތުންގެ ބަޔަކު ސިއްޙީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާ ވެސް ވަނީކޮށްފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާއަށް ނުކުތީ ކޯވިޑް-19ގެ ކަންކަން އިންތިޒާމުކުރުމުގައި ކަމާ ބެހޭ އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެއެވެ.

އެގޮތުން މިއަދު ނިޔާވި ފަރާތާއި މެދު ޢަމަލު ކުރެވުނު ގޮތާއި މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު އެރަށުގައި މިވަގުތު ހުރީ އެންމެ ޑޮކްޓަރެކެވރެ.

ދުވާފަރުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑަ-19ށް ފައްސިވެފައެވެ.