ރ. ވާދޫ ސްކޫލްގެ ޕްރިންސިޕަލް ބަދަލުކޮށްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް އަނެއްކާ ވެސް ހަމަޖައްސާފައި ވަނީ ކުރިން ވެސް އެ މަގާމު އަދާކުރެއްވި އިސްމާއިލް ނަސީރެވެ.
އިސްމާއިލް ނަސީރު ވާދޫ ސްކޫލުން ވަކިވެވަޑައިގަތީ 2020 ވަނަ އަހަރު މާލޭގެ ޢިއްޒުންދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖެއްސުމާއި ގުޅިގެންނެވެ. އެއާއެކު ވާދޫ ސްކޫލްގެ އެ މަގާމަށް ހަމަޖެއްސީ އިބްރާހީމް ނަސީމް އެވެ.
ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އަތޮޅުގެ ސްކޫލަކަށް ބަދަލުކޮށްދޭން އެދުމުން ދާދި ފަހުން އެޑިޔުކޭޝަނުން ވަނީ އިސްމާއިލް ވާދޫ ސްކޫލަށް އަނބުރާ ފޮނުވާލަން ނިންމާފައެވެ.
އިތުރު ތަފްޞީލް އަންނަނީ….
