ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފަ އެވެ. މި ކާޑު ތައާރަފްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް ދޫކުރާ މި ކާޑުން ދުވާލަކު 3,200 ޑޮލަރު ނެގޭނެއިރު، ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް 5,000 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ އެވެ. މި ކާޑަށް ބީއެމްއެލް އެޕް މެދުވެރިކޮށް މިހާރު އެޕްލައި ކުރެވޭނެ އެވެ.

މީގެ އިތުރުން ބީއެމްއެލްއިން ވަނީ ޑިޖިޓަލް ވޮލެޓެއް ވެސް ތައާރަފްކޮށް، މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ދިނުން ފާހަގަކުރުމުގެ ގޮތުން ”ދިވެހިންގެ ބޭންކު މުޅި ރާއްޖެއަށް“ ކެމްޕެއިން ވެސް ލޯންޗުކޮށްފަ އެވެ.