ރ. އަލިފުށި ބިން ހިއްކާ އެއާޕޯޓެއް ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި އެމްޓީސީސީއާއެކު ނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ސޮއިކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.
https://twitter.com/MoNPHImv/status/1432962253964251138
މި މަޝްރޫޫއުގެ ދަށުން، ރ. އަލިފުށީގެ 50.05 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއާއި ގެދޮރުވެރިކަަމަށް ހާއްސަކޮށްގެން ހިއްކޭ ބިމެވެ.
އަދި 40.05 ހެކްޓަރުގެ ބިމަކީ އެއާޕޯޓު ތަރައްޤީ ކުރުމަށް ހިއްކާ ބިމެއްކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
