ރ. ވާދޫ ސްކޫލަށް ވާދޫ ސްކޫލް، ޕްރީ ސްކޫލް ޓިޗަރެއް (ރިލީފް ޓީޗަރެއް) ހޯދުމަށް އިޢުލާންކޮށްފިއެވެ.
ވާދޫ ސްކޫލުން ބުނީ، ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ހަމަޖެހޭ ތާރީހުން ފެށިގެން 2022 ޖޫން 10ގެ ނިޔަލަށް ވާދޫ ސްކޫލްގައި ކިޔަވައިދޭނެ ޕްރީސްކޫލް ޓީޗަރަކު ބޭނުންވާ ކަމަށެވެ.
ވާދޫ ސްކޫލްގައި އަދާކުރަންޖެހޭ މި ވަޒީފާގެ މުސާރައަކީ މަހަކު /4500 ރުފިޔާއާއި -/6090 ރުފިޔާއާއި ދެމެދުގެ އަދަދެކެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖެނުއަރީ 2022ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ވާދޫ ސުކޫލަށެވެ.
ހުށައަޅަންޖެހޭ ތަކެތި:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ.
