ރ. އަތޮޅުގައި މޮނިޓަރިންގެ ހާލަތުގައި އޮތުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި އަރައިފޭބުން މަނާ އޮތީ ދެ ރަށެކެވެ.
ރ. އަތޮޅުން މޮނިޓަރިންގެ ހާލަތުގައި އޮތީ އަތޮޅު ވެރިކަންކުރާ އުނގޫފާރުގެ އިތުރުން ކިނޮޅަހެވެ.
ރ. ކިނޮޅަސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އުނގޫފާރު މޮނިޓަރިން އަށް ލީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައީ ބ. ތުޅާދޫއެވެ. އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގައި އޮތް ދެ ރަށަކީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ. މީގެތެރެއިން މާފުށި މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހއ. އިހަވަންދޫ މޮނިޓަރިންއަށް ލާފައިވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. ބާކީ ހުރި ރަށްތައް މޮނިޓަރިންއަށް ލާފައިވަނީ ހިނގަމުންދާ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިވަގުތު 34 ރަށެއް މޮނިޓަރިންގައި އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެއެވެ.
