ރ. ވާދޫގައި ކޮވިޑް-19އިގެ އެކްޓިވް ކޭސްތަކުގެ އަދަދު 11 އަށް އަރައި، ހާލަތު ގޯސްވަމުންދާކަން ހާމަވެއްޖެއެވެ.

ވާދޫގައި ކޮވިޑް-19 ފެތުރެން ފެށީ މީގެ 4 ވަރަކަށް ދުވަސް ކުރިންނެވެ.

ކޮވިޑްގެ ކޭސްތަކާއެކު، ވާދޫ ސިއްހީ މަރުކަޒުން ވަނީ، ރަނގަޅަށް މާސްކް އެޅުއްވުމަށާއި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެމަރުކަޒުން ވަނީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ވާދޫގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަ އިރު، ވާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވާ ޑޮކްޓަރ މިއަދު ވަނީ އަހަރީ ޗުއްޓީއަށް ދުރުވެފައެވެ.

ނަމަވެސް، ބަދަލުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ޑޮކްޓަރަކު ފޮނުއްވާފައެވެ.

އިތުރު ތަފްސީލް އަންނަނީ…