2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް ވާދަކުރާ ނޫސްވެރިންގެ ތެރޭގައި ރ. މީދުއަށް ނިސަބަތްވާ ޒުވާން ނޫސްވެރިޔާ އާސިމާ ނިޒާރު ހިމެނިއްޖެއެވެ.
”މިހާރު“ ނޫހުގައި މަސައްކަތްކުރަމުން އަންނަ ކުޅަދާނަ ނޫސްވެރިޔާ އާސިމާ، ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތީ ”ހަވީރު“ ނޫހުންނެވެ. އޭނާއަކީ ”މިހާރު“ ނޫހުގެ ސަބް އެޑިޓަރެކެވެ.
ރާއްޖޭގައި މިހާރު އެންމެ މަގުބޫލު ޒުވާން ނޫސްވެރިންގެ ތެރޭގައި އާސިމާ ހިމެނެއެވެ. ހާއްސަކޮށް ތައުލީމީ ދާއިރާގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންގެ ތެރެއިން އޭނާއަކީ ފާހަގަކޮށްލެވޭ މޮޅު ނޫސްވެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އާސިމާގެ އިތުރުން ”ނޫސްވެރިންގެ އިނާމް 2022“ ގައި އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް ވާދަކުރަނީ ”ވަން އޮންލައިން“ގެ ޢަލީ ޔާމީން، ”ދައުރު“ ނޫހުގެ އަޙުމަދު ނާއިފް، ”ރާއްޖެ އޮންލައިން“ގެ ލައިސާ އަޙުމަދުއެވެ. މިއީ ހައްތާހާވެސް ޒުވާން ނޫސްވެރިންނެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ހޮވުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ މާކްސް، އިންޓަރވިއު، ޕްރެެންޓޭޝަން، ތަޢުލީމާއި ތަޖުރިބާ އަދި އާންމުންގެ ވޯޓުންނެވެ. އާންމުންގެ ވޯޓަށް ޖުމްލަ ފަނަރަ އިންސައްތަ ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މަގާމަށް އާސިމާ ނިޒާރު ހޮވުމަށްޓަކައި ވޯޓު ދިނުމަށް JY (SPACE) AN ލިޔުމަށްފަހު އެސްއެމްއެސް ކުރާނީ 4244 އަށެވެ.
އާސިމާ މިމަގާމަށް ހޮވިއްޖެ ނަމަ މިއީ މުޅި ރ، އަތޮޅަށްވެސް ލިބިގެންދާނެ ފަޚުރެކެވެ.
