ދަރިންނަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ލިބި، ހެޔޮގޮތް މެދުވެރިވުމަކީ، ކޮންމެ މަޔަކު އަދި ބަފަޔަކު ދެކޭނެ އެންމެ ފޮނި ހުވަފެނެވެ.
އެ ދަރީން ކުޑަނަމަވެސް ދެރައެއް، ވޭނެއް އަދި އުނދަގުލެއް ވާކަށް، ދަރީން ދެކެ ލޯބިވާ އެއްވެސް މަޔަކު ބަފަޔަކު ނޭދޭނެއެވެ. ދަރީން ދުނިޔެއަށް އެންމެ ފުރަތަމަ އުފަންވުމުގެ ކުރިން ވެސް އެކުދިންނާމެދު ނުހަނު ފޮނި އުންމީދުތަކެއް މައިންބަފައިން ދެކެއެވެ.
އެފަދަ ހުވަފެންތަކެއް މ. ސީނުވިލާ އިބްރާހިމް މާއިޒް (19އ.) އާމެދު އޭނާގެ މައިންބަފައިން ވެސް ދެކެއެވެ. ދަރިފުޅަށް ނުހަނު ދުޅަހެޔޮ ސިއްޙަތެއް ލިބި މުސްތަޤުބަލު އުޖާލާވުމެވެ.
މާއިޒްގެ ދިރިއުޅުން ތަފާތެވެ. މައިޒަކީ ތެލެސީމިއާ ކުއްޖެކެވެ. އަދި ހިތުގެ މައްސަލަ ތަކެއް ހުރި ކުއްޖެކެވެ.
”ރ.ވާދޫ ލައިވް“ އަށް މައުލޫމާތު ދެމުން މާއިޒްގެ މާމަ ގަމަރިއްޔާ ބުނެފައިވަނީ ހިތުގެ މައްސަލަތަކެއް ކުރިމަތިވާން ފެށީ ވަރަށް ފަހުން ކަމަށެވެ.
”އޮގަސްޓު މަސްތެރޭގައި މާއިޒަށް އިންޑިއާގައި ދެވުނު ފަރުވާތަކުން އެނގުނީ ހިތުގެ މައްސަލަތަކެއް ހުރިކަން. އެމީހުން ބަލާފަ ބުނީ އަޔަން އޯވަލޯޑު ވާކަމަށް،އަދި މިހެންވެ ހިތް ދުޅަވަނީއޭ.“
މާއިޒަކީ ކޮންމެ ތިންމަހަކުން ޑޮކްޓަރަށް ދެއްކުމަށް އިންޑިޔާ ދިއުމަށް އަންގާފައިވާ ޒުވާނެކެވެ. ނަމަވެސް އާއިލާގައި އެހާވަރުގެ މާލީތަނަވަސްކަމެއް ނެތުމުގެ ސަބަބުން ވަނީ އޭނާ ގޮވައިވެން ފުރޭގޮތެއް ނުވެފައެވެ. މިގޮތަށް ފަރުވާ ނުލިބި ގިނަދުވަސްތަކެއް ވެފައިވާތީ މާއިޒް ދަނީ މިހާރު އިތުރު ވޭންތަކެއް ތަހައްމަލުކުރަމުންނެވެ.
މާއިޒަށް އެހީތެރިވުމަށް ހަދާނީ ކިހިނެއްތޯ؟
ތިރީގައިވާ ބީއެމްއެލް އެކައުންޓުތަކަށް ފައިސާ ޖަމާ ކުރައްވާ:
(ގަމަރިއްޔާ އަބްދުލް ޤަފޫރު)
ބީއެމްއެލް އެކައުންޓް ނަންބަރު: 7730000414702
ޑޮލަރު އެކައުންޓް ނަންބަރު: 7730000574630
އިތުރު މައުލޫމާތު 9869911 ނަންބަރު ފޯނާ ގުޅައިގެން އޮޅުންފިލުވުން އެދެމެވެ.
ގުޅުންހުރި ލިޔުންތައް:
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: ”އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.“
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.“
އަދި ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: ”އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.
