2023 ވަނަ އަހަރު ރަށު ކައުންސިލުން ހިނގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓު ރ. އަތޮޅުގެ 15 ކައުންސިލުންވެސް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހަޅައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލާޒިމުކުރާ ކަމެކެވެ.
ރިޕޯޓު ހުށަހަޅާފައިވަނީ:
- މާޅޮސްމަޑުލު އުތުރުބުރީ އަލިފުށި ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމް ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ މަދުއްވަރީ ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް
- މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލް
ރ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތަށް، 2023 ވަނަ އަހަރު ރަށު ކައުންސިލުތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އެ އިދާރީ ދާއިރާގެ 15 ރަށު ކައުންސިލުން ވަނީ އަތޮޅު ކައުންސިލަށް ހުށަހަޅާފައެވެ.
ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި އަހަރީ ރިޕޯޓް ފޮނުވި ކަމަށްޓަކައި ރަށު ކައުންސިލުތަކަށް އަތޮޅު ކައުންސިލުން ޝުކުރު އަދާކުރިއެވެ.