ވެރިކަންކުރާ މައި ޕާޓީ – ޕީއެންސީގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި 13 ކެންޑިޑޭޓަކަށް ޕީޕީއެމް,ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ޓިކެޓު ކަށަވަރުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް,ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި، ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި 19 ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ބައެއް މެންބަރުނާއި ޕީޕީއެމް,ޕީއެންސީގެގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި މެންބަރުން ހިމެނެއެވެ.

ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުން:
ހޯރަފުށީ ދާއިރާ: އަލީ މޫސާ/ ހުޅުމާލެ
ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު/ ހއ. ބާރަށް (މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު)
ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ/ ހދ. ހަނިމާދޫ
އޭދަފުށި ދާއިރާ: އަހުމަދު ސަލީމް/ މާލެ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
މަހިބަދޫ ދާއިރާ: އަހުމަދު ޠާރިޤް/ އދ. މަހިބަދޫ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ/ މާލެ
ތިމަރަފުށީ ދާއިރާ: އަހުމަދު ސަނާހު/ ތ. ތިމަރަފުށި
ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ/ ލ. ފޮނަދޫ (ޕީއެންސީގެ ޗެއާޕާސަން)
ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާން މަރުޒޫގް/ ސ. ހިތަދޫ
ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު/ ސ. ހުޅުދޫ
ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު/ މާލެ
ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް/ މާލެ
ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް/ ހުޅުމާލެ
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން މިހާރު ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

އަންނަ މާރިޗު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް މި ހަފުތާގައި ގެއްލުވައިލުމުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

އެހެންވެ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވަނީ ޕްރައިމަރީ އަށް ކުރިމަތިލާ އެންމެންނަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވައިފައެވެ.