ށ. އަތޮޅުން ފެށިގެން ޅ.އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ނެރުނު ސަމާލުގައި ބުނީ ށ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައި ވަނީ އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކޮށެވެ.

އަދި މި އެލާޓުގެ މުއްދަތު ހަމަވާނީ މިރޭ 2:00 އަށް ކަމަށް މެޓު އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުުގުރާނެ ކަމަށް ލަފާ ކޮށް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާ ކޮށްފައެވެ.