މިއަދު ފެށި ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ހާފު ނިމެން ހަތަރު ވަރަކަށް މިނިޓަށްވެފައި ވަނިކޮށް ބްލެކް ފެންޓަސީން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކޮށް އެ ޓީމުން ހިންދެމިލިއެވެ.

ނަމަވެސް، ހާފުގެ ފަހު ވަގުތުކޮޅު ނިއުބޯން އެފްސީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ކުޅިބަލަން ތިބި އެ ޓީމުގެ ސަޕޯޓަރުންނަށް އިތުރު އުންމީދެއް ލިބިގެންދިޔައީ އެ ހާފު ނިމެން ގާތްވެފައި ވަނިކޮށް އިތުރު ލަނޑަކުން ނަތީޖާ ހަމަހަކުރުމުންނެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ހަތަރު މިނިޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ހާފުގެ މެދުތެރޭ އިތުރު ލަނޑެއް ޖަހައި ނިއުބޯން އެފްސީން މެޗުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި ފަހަތުން އަރައި ލީޑު ނެގި ނިއުބޯން އެފްސީން 6 ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށެވެ.

މެޗު ނިމުނީ ބްލެކް ފެންޓަސީން ޖެހި އިތުރު ލަނޑަކާއެކު 6-3 ގެ ނަތީޖާއަކުންނެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕްގެ ކުރިއަށް ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:

1 ޖެނުއަރީ 2025 – ހަވީރު 4:45

ނިއުބޯން އެފްސީ | ފްލައިން ޑަޗްމެން

2 ޖެނުއަރީ 2025 – ހަވީރު 4:45

ފްލައިން ޑަޗްމެން | ބްލެކް ފެންޓަސީ

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

އިތުރު ފޮޓޯތައް: