ރ. ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި ރުއްތައް ނަގައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ބުނީ، ވާދޫއިން އަލަށް ގޯތި ދޫކުރާ ސަރަހައްދުތަކުގައި ހުރި 206 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންވެ، އެ ރުއްތައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއެކު 2025 ފެބުރުއަރީ 04 ވަނަ ދުވަހުގެ 12:00 ނިޔަލަށް އެއިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ނަންނޯޓު ކުރެވޭނީ، ގެޒެޓްކޮށްފައިވާ އިއުލާނާއިއެކު އާއްމު ކުރެވިފައިވާ ޝީޓު ފުރިހަމަކޮށް ހުށަހެޅުމުންނެވެ. ޕްރޮޕޯސަލް ހުށަހަޅާނީ 2025 ފެބުރުއަރީ 16 ވާ އާދިއްތަ ދުވަހުގެ 11:00 ގައި އެ އިދާރާއަށެވެ.

ވާދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ފޯމުތައް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ފޯމުތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 2025 ފެބުރުއަރީ 16 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:01 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ޝައުގުވެރިކަން ފާޅުކުރާ ފޯމު ގެޒެޓްގައިވާ އިއުލާނާއެކު އާއްމުކޮށްފައިވެއެވެ.

އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ވާދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ނުވަތަ އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލުން އެދެއެވެ.