ރ. ވާދޫއިން އޮޑިހަރުގެ ދޫކުރަން ނިންމައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.
ވާދޫ ކައުންސިލުން ބުނީ ވިޔަފާރި އުސޫލުން ފިޔަވައި، އަމިއްލަ ބޭނުންތަކަށް އޮޑިދޯނިފަހަރު ބަންނަން ބޭނުންވާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
މިފުރުސަތުގެ ދަށުން ހުޅުވާލުމަށް ކަނޑައެޅިފައިވަނީ 1200 އަކަފޫޓު އެއް ބިން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
މިބިމަށް އެދި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މިހިނގާ މެއިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ވާދޫ ކައުންސިލުން ބުނި ގޮތުގައި، ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެްއެވެ.
ބިމަށް އެދި އަގު ހުށަހެޅުމަށް މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދި، އެ ކައުންސިލުން ބުނީ، އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 22 މެއި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 11:01 ގައި ވާދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށެވެ.
އިއުލާނުގައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، އެއިދާރާއަށް ހާޒިރުވެ ނުވަތަ އެއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަަމަށް ވެސް ވަނީ ބުނެފައެވެ.
