ދިވެހި ފިލްމު ”ލޯބިން…؟“ ޕްރިމިއަރކޮށްފިއެވެ.

”ލޯބިން…؟“ ފިލްމަކީ ދިރިއުޅުމުގެ ޙަަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މިއީ ކުޅަދާނަ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ލޯބީގެ ފިލްމެވެ.

”ލޯބިން…؟“ ފިލްމަކީ ދިރިއުޅުމުގެ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ކޯވިޑް-19ގެ ލޮކްޑައުން ތެރޭގައި އިއްލެ ލިޔަންފެށި މި ވާހަކަ މެދުކެނޑުމަކަށްފަހު އަލުން ވާހަކަ ލިޔުންތެރިޔައަކާ ހަވާލުކޮށްގެން ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މި ފިލްމްއަށް އެންމެ ފުރަޔަމަ ކިޔަން ނިންނީ ”އެދުން“އެވެ.

މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ޝޫޓިންގެ މަސައްކަތްތައް ނިންމާލާފައިވަނީ 28 ދުވަހުންނެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އދ. ދަނގެއްޗާއި ނ. ކެނދިކުޅުދޫގައެވެ.

މި ފިލްމަކީ އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓްރީ އަދި ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ރޯލްތަކުން ފެންނާނީ ފާތިމަތު މައިޝާ އާދަމް (ތާތި) އާއި އިފްނާޒް ފިރާގް އަދި އަޙްމަދު ޝާރިފްއެވެ. މީގެ އިތުރުން ނުޒުހަތު ޝުއައިބާއި އައިމިނަތު ރަޝީދާ، އާއިޝަތު ގުލްފާ އަދި ކުޑަކުއްޖެއްގެ ރޯލުން ސާރާ ފެނިގެންދާނެއެވެ.

އިއްލެގެ ރަތަމަ ފިލްމް ”ބަވަތި“ގެ ލީޑު ރޯލުން ފެނުނު އިފްނާޒްވަނީ މި ފިލްމްގެ އެކްތަރުގެ އިތުރުން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްްކޮށްފައެވެ. އަދި ފިލްމުގައި ހިމެނޭ ބައެއް ލަވަތައްވެސް އޭނާ ވަނީ ކިޔާފައެވެ.