މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ ”ރެހެންދި އެވޯޑް“ 15 ފަރާތަކުން ހާސިލްކޮށްފިއެވެ.
މިއަހަރުގެ ރެހެންދީ އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވަނީ މިދިޔަ އަހަރާއި މިއަހަރުގެ ރެހެންދީ އެވޯޑެވެ.
ރެހެންދި އެވޯޑް 2024 އަށް 22 އަންހެނުން ކުރިމަތިލާފައެވެ. އޭގެތެރެއިން އެވޯޑް ލިބިފައިވަނީ 5 ފަރާތަކަށެވެ.
2024 ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:
• އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• މަރްޔަމް މުރުޝިދާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އަސްމާ ޙަސަން – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޢާއިޝަތު ޠާއިފާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ވިމެން އެންހޭންސްމަންޓް (އެންޖީއޯ) – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
އަދި 2025 ވަނަ އަހަރު، 28 އަންހެނުން އެވޯޑަށް ކުރިމަތިލިއިރު، 10 ފަރާތަކަށް ވަނީ އެވޯޑް ދީފައެވެ.
2025ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:
• އާއިޝަތު ހުސައިން – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޘުރައްޔާ އިބްރާޙިމް – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އާމިނަތު އާދަމް ކޮއި – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އާމިނަތު ރީމާ ރަޝީދު – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
• ޑރ. ރުޚްޝާނާ އަޙްމަދު – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ސަމީނާ އިބްރާޙީމް – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ސަފާތު އަޙްމަދު ޒާހިރު – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
• އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
• ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
މިފަހަރުގެ އެވޯޑްގައި މައިގަނޑު 3 ކެޓަގަރީއަކަށް ހުޅުވާލާފައިވާއިރު،ވަކިވަކި އަންހެނުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށައެޅޭ ކެޓަގަރީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގެ ދާއިރާ ހިމެނެއެވެ.
ރެހެންދީ އެވޯޑަކީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ އެވޯޑެކެވެ. މި މި އެވޯޑް ފުރަތަމަ ފަހަރަށް ދިނީ 2014 ވަނަ އަހަރުގައެވެ.