ރ. ވާދޫން އިތުރު މީހަކު ކޮވިޑް-19ޖެހި އެކްޓިވް ކޭސްގެ އަދަދު 15ށް އަރައިފިއެވެ.
ރ. ވާދޫީ ސިއްޙީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އަލަށް ޕޮޒިޓިވްވީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު މީހަކު ކަމަށެވެ. އަދި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިތުރު 3 މީހަކު ވަނީ ވާދޫގައި ބަލިން ފަސޭހަވެފައެވެ.
ވާދޫގައި ކޮވިޑް-19 ފެތުރެން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
ކޮވިޑްގެ ކޭސްތަކާއެކު، ވާދޫ ސިއްހީ މަރުކަޒުން ވަނީ، ރަނގަޅަށް މާސްކް އެޅުމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)ގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.
އެމަރުކަޒުން ވަނީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
