ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރ.ވާދޫއަށް ވަޑައިގެންފިއެވެ.

ރައީސް މުޢިއްޒައަށް މަރުހަބާ ދެއްނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ރަށުގެ ބަނދަރު ސަރަޙައްދަށް ވަނީ އެއްވެފައިވެއެވެ.

ވާދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ރަށުގެ ކައުންސިލާ އަނެއްހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގައި ހުރި މައްސަލަތަކާއި ރަށުގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކައުންސިލާއެކު މަޝްވަރާކުުރައްވާނެއެވެ.

މީގެ އިތުރުން ވާދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްއާ ހަވާލުކުރެއްވުން ވެސް ކުރިއަށްދަނެއެވެ.