ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
ޖާބިރު ރައީސް މުއިއްޒަށް ތާއީދުކުރައްވައި، ރައީސް އަށް ތައުރީފު ކުރައްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.އެވީޑިއޯގައި ޖާބިރު ހުންނެވީ ޕީއެންސީ ހަރުގެ ކުރިމަތީގައެވެ.
އެ ވީޑިއޯގައި ޖާބިރު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.ޖާބިރު ވިދާޅުވީ، ޖަލްސާ އަށް ވަޑައިގަންނަވަނީ ރައީސް މުއިއްޒުގެ މުރާލިކަމާއި ހީވާގި ކަމާއި، ހުއްޓުމެއްނެތި ރާއްޖެ ތަރައްގީކުރަން ކުރާ މަސައްކަތް، ވަރަށް ގާތުން ބަލަމުންދާތީ ކަމަށެވެ.
”އަޅުގަނޑަށް ޔަގީން، މިދާ ސްޕީޑުން ދަންޏާ، އަޅުގަނޑުމެން ހާސިލް ކުރަން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ކާމިޔާބުކަމާއެކު، ކުރިއަށްގެންގޮސް ރައީސް މުއިއްޒު ނިންމަވާނެކަން.“
ޖާބިރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައި އޮއްވައި ނަގައި ކޮޅަށް ޖެހުމަށް ރައީސް އެ ކުރައްވާ މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެއްވާނެ ކަމަށެވެ. ޖާބިރު ވިދާޅުވީ މިހާރު ސިޔާސީ މަސައްކަތްތަކާއި ދުރުގައި ހުންނެވި ނަމަވެސް، ރައީސް މުއިއްޒުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭ ހިތްވާ ކަމަށެވެ.
މީގެކުރިން،ޖާބިރު ހުންނެވީ އެމްޑީޕީއާ އެއްކޮޅަށެވެ.